Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އަގުހެޔޮކުރަން އެސްޓީއޯއިން ފިޔާ ވިއްކަން ފަށައިފި

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށައި ހޯލްސޭލަރުންނަށް ކޮންޓްރޯލް އަގެއްގައި ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ އެތެރެކޮށްފައިވާ ކަމަށާއި މިގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުން ކަމަށެވެ.

ވިޔަފާރިތަކަށް ފިޔާ ދޫކުރާނީ އެސްޓީއޯ އިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށް ވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހު ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެސްޓީއޯއިން އިލްތިމާސްކޮށްފައިވަނީ ފިޔާ ކިލޯއެއްގެ އަގު 20ރ އަށް ވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.

އެސްޓީއޯއިން އިމްޕޯޓް ކޮށްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ބާޒާރައް ނެރެފަ އެވެ. މިކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުންކަމުގައިވުމުން ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބިގެން އަންނަންދެން، އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދިނުމަށް ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.