Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ގައުމީ ޤުރުއާން މުބާރާތަށް ހުޅުވާލައިފި

އަންނަ އަހަރު ބާއްވާ 36 ވަނަ ގައުމީ ޤުރުއާން މުބާރާތަށް ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރޭޝަނަށް ހުޅުވައިފައި ވަނީ އަންނަ މަހުގެ 18 އާ ހަމައަށް ކަމަށެވެ. މި ލިންކް https://qc.nchq.gov.mv/site/verify ރަޖިސްޓްރީވެވޭނެ އެވެ.

ގައުމީ ޤުރުއާން މުބާރާތް ބާއްވަން ހަަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 23 އިން މާޗް 2 އާ ހަމައަށެވެ.

މި މުބާރާތަށް ތައްޔާރީތައް ތައްޔާރީތައް ވަމުން އަންނަ އިރު، މުބާރާތަށް ހާއްސަކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އޭގެ ބޭނުމަކީ މުބާރާތަށް ދޭންވާ ހައްގު މަގާމާއި ދަރަޖަ ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމެވެ.

ގައުމީ ޤުރުއާން މުބާރާތަކީ 1981 އިން ފެށިގެން އިސްލާމިކް މިނިސްޓްރީން ދީނީ ގޮތުން ބާއްވަމުން އަންނަ އެންމެ ބޮޑު ހަރަކާތެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި 35 ވަނަ މުބާރާތުގައި 121 މުއައްސަސާއަކުން 1،022 ބައިވެރިން ވާދަކުރި އެވެ.