Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ޕީޖީ އޮފީހުގެ ވަކީލަކާ ގުޅޭ ކުއްލި މައްސަލައެއް

އެއްޖިންސުން ގުޅުން ހިންގުމާއި ދީނަށް ފުރައްސާރަކުރިކަމަށް ތުހުމަތު ކުރެވޭ ޕްރޮސެކިއުޓަ ޖެނެރަލް ޕީޖީ) އޮފީހުގެ ވަކީލު އަހުމަދު ޝަފީއުއާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އެ މައްސަލާގައި އޭނަ
ވިދާޅުވީ ޕީޖީ އޮފީހުން އެއްޖިންސުން ގުޅުން ހިންގުން ފަދަ ކުށްތަކުގައި ދައުވާ ކުރަނީ ލުއި އަދަބުތަކެއް ލިބޭ ގޮތަށް ކަމަށާއި އެހެން ވަނީ ޕީޖީ އޮފީހުގައި ވެސް އެފަދަ މީހުން ތިބުމުންކަން އެނގިގެންދާ ކަމަށެވެ. އަދި ޕީޖީގެ ވަކީލަކު އިސްލާމް ދީނާއި ރާއްޖޭގެ އާންމު މިންގަނޑާ ހިލާފު މަންޒަރުތައް ފެންނަ ވީޑިއޯއެއް ދައުރުވަމުންދާތީ، ޝަރީއަތުން ކަނޑައަޅާފައިވާ އަދަބު އޭނަ އަޑް ދޭން ގޮވާލައްވާފައިވެ އެވެ.

މޮސްޓާ ހުށަހެޅި މައްސަަލަ ބަލައިގަތުމަށް 18 މެމްބަރުން ވޯޓު ދިން އިރު، ބަލައިނުގަތުމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެ އެވެ.

ޝަފީއުގެ މައްޗަށް ކުރާ ތުހުމަތުތައް އޭނަ ދޮގުކުރެ އެވެ.

ނަމަވެސް އޭނަ ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށާއި ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯ އާއިޮ ފޮޓޯތަކެއް ދައުރުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.