Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

އެމްއެމްޕީއާރްސީގެ އެމްޑީއަކަށް ފާތުމަތު ތައުފީގު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ތައުފީގު އައްޔަންކޮށްފި އެވެ.

އޭނަ ކުރިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ވެމްކޯގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރުގެ މަގާމާއި ލޮޖިސްޓިކްސް މެނޭޖަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ފަރާޖަލްބޫޓް މޯލްޑިވްސްގައި އެޗްއާރު އެންޑް އެޑްމިން މެނޭޖަރުކަން ކުރެއްވުމުގެ އިތުރުން އެލިއާ އިންވެސްޓްމެންޓްގެ އެޗްއާރް އެސިސްޓެންޓް ކަމުގެ މަގާމު ވެސް ފާތުމަތު އަދާކުރައްވާފައިވެ އެވެ.

އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގައި ވެސް މަސައްކަތްކުރެއްވި ފާތިމަތަކީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކުންފުންޏެވެ.

އެ ކުންފުނީގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވީ ތޮއްޔިބް މުހައްމަދެވެ.