ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ މަންމަ ތަނޫޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ދޭން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ 60 ގެ އަހަރުތަކާއި 70 ގެ ކުރީކޮޅު ތެރޭގައި ހިންދީ ސިނަމާގައި ވިދި މިހާރު އުމުރުން 80 އަހަރުގެ ބަތަލާ މުމްބާއީގެ ޖުހޫގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނި ގޮތުގައި ތަނޫޖާ އޮބްޒަވޭޝަންގައި އޮތް އިރު، އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވެފައިވާ ސިއްހީ މައްސަލަތައް ނޫން ފިޔަވައި ކަންބޮޑުވާން ޖެހޭ ވަރުގެ ސިއްހީ ބޮޑެތި މައްސަލަތަކެއް ނެތެވެ.
އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލްގެ އިތުރުން ތަނޫޖާގެ ދެން ހުންނަނީ ބަތަލާ ތަނީޝާ މުކަރްޖީ އެވެ.
ފިލްމީ އާއިލާއަކަށް އުފަން ތަޖޫނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ހާތީ މޭރޭ ސާތީ"، "އަނޫބަވް"، "މޭރޭ ޖީވަން ސާތީ"، "ޖުވެލް ތީފު" އަދި "ޕައިސާ ޔާ ޕިޔާރު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ފިލްމު "މޮޑަން ލަވް: މުމްބާއީ" ގެ އެޕިސޯޑަކުން ވެސް ތަނޫޖާ ފެނިފައިވެ އެވެ.