Last Updated: July 23, 17:52
Thursday, July 23, 2026
މުނިފޫހިފިލުވުން

"އަވަ" އެއް ނޫން "ބިބީ"، ޝޫޓިން ވެސް ފަށައިފި

ޑާކް ރެއިން އެންޓަޓައިންމަންޓުން "އަވަ" ގެ ނަމުގައި އިއުލާންކުރި ހޮރޯ-ކޮމެޑީގެ ނަން "ބިބީ" އަށް ބަދަލުކޮށް އޭގެ ޝޫޓިން މިއަދު ފަށައިފި އެވެ.

މި ލިޔެ، ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދެވެ. އޭނަގެ މަސައްކަތްތަކެއް ފެނިގެންދާނެ ސެގްމަންޓްތަކެއް ހިމެނޭ އެންތޮލޮޖީ "ޑާކް ރެއިން ކްރޮނިކަލްސް 2: ލަވް" އަންނަ މަހު ބައިސްކޯފަށް އަންނާނެ އެވެ. "ބިބީ" އަކީ ޝަހުދާ ލިޔެ، ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

"ބިބީ" ގެ ލީޑް ރޯލު ކުޅެނީ އޭނަގެ ފިރިމީހާ އަދި މިހާރު އެންމެ ޑިމާންޑް ބޮޑު އެކްޓަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަރަފު އަބްދުﷲ އާއި މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ޑާކް ރެއިންގެ "ނޮވެމްބާ" ގެ ބަތަލާ މަރިޔަމް މަޖުދާ މަޖޫ) އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބާއި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) ހިމެނެ އެވެ.

"ބިބީ" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ޑާކް ރެއިންގެ ފުރަތަމަ ހޮރޯ-ކޮމެޑީ އަންނަ އަހަރު ފެނުމުގެ ފުރުސަތު ބޮޑެވެ.

އެ ސްޓޫޑިއޯ އިން އަންނަ އަހަރަށް ތާވަލުކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި ރިވެންޖް ތުރިލާ "ފުރޭތަ" އާއި ބިރުވެރި ފިލްމު "ބަޅިނދު" ހިމެނެ އެވެ.