ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ނެޓްފްލިކްސްގެ ސީރީޒެއް ކުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ އިންޑިއާގެ ޑްގަރް މާފިއާ އަށް ބިނާކޮށް ހަދަން ނިންމާފައިވާ އެއްޗެއް ކަމަށާއި މީގެ މައިގަނޑު ރޯލަށް ދީޕިކާ ގެންނަން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި އޭނަ މި ޕްރޮޖެކްޓަށް އެއްބަސްވެއްޖެ ނަމަ މީގެ ޝޫޓީން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ޕްލޭންކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުންޏެވެ.
ވަރަށް "އިންޓެންސް" މި ސީރީޒަކީ ގިނަ އަދަދަކަށް އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭނެ އެއްޗެއް ކަމަށާއި ސީރީޒްގެ ވާހަކަ ގެނެސްދޭނީ އަންހެނެއްގެ ނަޒަރިއްޔާތުން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ނަމަވެސް ނެޓްފްލިކްސް އަށް މި ސީރީޒް ހަދަން އުޅޭ ޓީމާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ދީޕިކާ އަކީ އިންޑިއާގެ ބަތަލާއިންގެ މިހާރު އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ކާމިޔާބު އެކެކެވެ. އެކްޓަރު ރަންވީރް ސިންގްގެ އަންހެނުންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނަ ރިތިކް ރޯޝަންގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" އެވެ. އަންނަ އަހަރު ދީޕިކާ ފެންނާނެ ފިލްމުތަކުގެ ތެރޭގައި ޕްރަބާސްގެ "ކަލްކީ" އާއި އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދީޕިކާ، 37، ރައިޓްސް ހޯދާފައި އޮތް ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ރިމޭކްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށަން މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ.
ނެޓްފްލިކްސްގެ ސީރީޒަށް ދީޕިކާ އެއްބަސްވެއްޖެ ނަމަ އެ ވާނީގެ އޭނަގެ އެފަދަ ޕްރޮޖެކްޓަށެވެ.