Last Updated: June 14, 11:12
Sunday, June 14, 2026
ޚަބަރު

މަންމަ އަށް ހަމަލާ ދިނީ ނަފުސާނީ ބަލީގެ މީހެއް

ހުޅުމާލޭގައި ރޭ އިރާކޮޅު މަންމަ އަށް ތޫނު އެއްޗަކުން ހަމަލާ ދިނީ ނަފުސާނީ ބަލީގެ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ 25 އަހަރުގެ މީހާ އޭނަގެ އުމުރުން 51 އަހަރުގެ މަންމަ އަށް ހަމަލާ ދިނީ އާއިލީ މައްސަލައެއްގެ ތެރެއިން ކަމަށެވެ. އަދި އެ މީހާ އަކީ ނަފުސާނީ ބަލީގެ މީހަކަށްވާތީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އޭނަ އަށް އައިޖީއެޗްގައި މިހާރު ފަރުވާތަކެއް ދެމުނ އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރޭ އިރާކޮޅު 7:00 ޖަހަން އުޅެނިކޮށް ހިނގި ހާދިސާގައި ޒަހަމްކޮށްލި މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު އެ މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.