އަހަރު ނިމުމުގެ ކުރިން ރާއްޖެ އަށް 1.8 ޓޫރިސްޓުން ގެންނަން ހިފާފައިވާ އަމާޒަށް ވާސިލުވާން ގާތްވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ހަފުތާ ނިމުމުގެ ކުރިން ޓާގެޓް ހާސިލުވުމުގެ އުންމީދު ބޮޑު ކަމަށެވެ.
މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 13 އާ ހަމައަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދަކީ 1،757،939 އެވެ. އަދި އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5،000 އަށް ވުރެ ޓޫރިސްޓުން އާދެ އެވެ.
ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެގޮތުން މި މަހުގެ 13 އާ ހަމައަށް އެ ގައުމުން 197،824 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައިގައި އޮތް އިންޑިއާ އިން 194،630 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް ޗައިނާ އިން 181،003 ޓޫރުސްޓިން އައިސްފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން އަ އެވެ.
ރާއްޖެ އަންނަ އަހަރު 2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ) އިން ލަފާކޮށްފައިވެ އެވެ.