Last Updated: June 14, 11:12
Sunday, June 14, 2026
ޚަބަރު

މީހަކު ރަހީނުކުރި އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކުރި ޒުވާން އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި ހަފުތާގެ ކުރީކޮޅު ހިނގި މި ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާއަކީ 18 އަހަރުގެ އަންހެން މީހާ މީހަކަށް ގުޅައިގެން ގެސްޓް ހައުސްއަކަށް ގެންގޮސް ހިންގާފައިވާ ހާދިސާއެކެވެ. އެ އަންހެން މީހާ އަކީ ޅ. ނައިފަރަށް ނިސްބަތްވާ މީހެކެވެ.

މިދިޔަ ހަފުތާގައި ވެސް މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފައިވެ އެެވެ.