ބޭންކް އޮފް މޯލްޑިވްސް އިން މާސްޓާކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު ޕްރޮމޯޝަންއެއް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ ކޮންމެ ހަފްތާއަކު މާސްޓާކާޑުން މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކޮށްގެން ލަކީ ޑްރޯގައި ބަރިވެރިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އައިފޯން 15 ޕްރޯ އެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، މާސްޓާކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް އެކަނި ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.
އަންނަ މަހު 18ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.