Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

މައްސަލަ ހައްލުކޮށް މާލެ އަށް ކަރަންޓު ދީފި

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓު ދީފި އެވެ.

ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.