Last Updated: June 12, 22:51
Friday, June 12, 2026
ރިޕޯޓް

މަޖިލިސް މެންބަރުން؛ ހަރާންކޯރުވާ ބައެއް!

ރާއްޖޭގައި މިއޮތީ ވާ ވަރުގަދަ ރައްޔިތުންގެ މަޖިލީހެކެވެ. ރައްޔިތުންގެ މަޖިލީހޭ ކިޔަނީ ހަމައެކަނި ނަމުންނެވެ. އަމަލާއި ބަހާއި ކުރާ މަސައްކަތްްތަކުން ރައްޔިތުންގެ ހައްގުގައި ކުރާ ކަމެއް ނުފެނެ އެވެ. ރާއްޖޭގެ ރައްޔިތުން މަޖިލިސް ފާހަގަކުރެވެނީ އަމިއްލަ އެދުން ބޮޑު އަދި ޒިންމާ އަދާނުކުރާ ތަނެއްގެ ގޮތުގަ އެވެ. ހަމަ ޔަގީނުން ވެސް ގިނަ ރައްޔިތުން ގަބޫލުކުރަނީ އެހެންނެވެ.

އެކަން އަނެއްކާ ވެސް މިއޮތީ ދައްކާލައިފަ އެވެ. ނަވާރަ ވަނަ މަޖިލީހުގެ ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް އިއްޔެ މި ވަނީ މެންބަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފަ އެވެ. މިހާރު ލިބެމުން އަންނަ 82.000ރ. މަދުވެގެން މިހާރު 100،000ރ. ބޮޑުކުރަން ނިންމީ އެވެ.

މަޖިލީހުގެ ތެރެއިން ޒިންމާދާރު މަސައްކަތްތަކެއް ކުރާ ތަން ފެނިގެން ނުދާ އިރު، މި ވެރިން މި އުޅެނީ ހަގީގަތުގައި ރައްޔިތުން ފެލަން ނޫންތޯ އެވެ؟ ރައްޔިތުންގެ ވޯޓާ އެކީ މަޖިލީހަށް އިންތިހާބުވުމުން މެންބަރުން ކުރައްވަން އުޅުއްވާ ކަމަކީ އެ މީހުންގެ ޖީބުތައް ބޮޑުކުރުމެވެ.

މަޖިލިސް މެންބަރުންނަކީ މިހާރު ވެސް އެތައް އިނާޔަތެއް ލިބޭ ބައެކެވެ. މެންބަރަކަށްވީތި އާންމުން ރައްޔިތުންނަށް ވުރެ އެ މީހުން ތިބީ މާމަތީގަ އެވެ. މެންބަރުންނަށްވި ފަހުން ރާއްޖޭގައި ކިތައް މީހުން މަހުޖަނުންނަށްވެއްޖެ ހެއްޔެވެ؟ އެހެންވެ ފަސޭހައިން އަރާމުކޮށް މުއްސަނދިވާން ބޭނުން ނަމަ ކުރިމަތިލާންވީ މަޖިލީހަށެވެ. މީގައި ވަކި ފެންވަރެއްގެ މީހަކަށް ވެސް ވާކަށް ނުޖެ އެވެ. ތަނެއްދޮރެއް ނޭނގުނަސް މަލިޖިސް މެންވަރަކަށްވީމައި އެ މީހެއްގެ އިއްޒަތާއި ގަދަރާއި އަބުރި އުފުލި އާންމު ދިވެއްސަކަށް ވުރެ، ދަރަޖަ މަތިވެ އެވެ.

އެހެންވެ ފައިސާ ބޭނުން ނަމަ މަޖިލީހަށް ކުރިމަތި ނުލާންވީ ސަބަބެއް ނެތެވެ.

މިހާރު ވެސް މަޖިލީހުގައި 87 މެންބަރުން އެބަތިއްބެވި އެވެ. އަންނަ އަހަރު މަލިޖީސް އިންތިހާބު ބާއްވާ އިރުމ، އަނެއްކާ ވެސް މެންބަރުން އިތުރުވާނެ އެވެ. އަލަށް އިތުރުވި ދާއިރާތަކާ އެކީ 93 މެންބަރުން އަންނަ އަހަރު އިންތިހާބުކުރާނެ އެވެ. އެހެންވެ ހަމަ މަޖިލީހަށް ކުރިމަތިލާންވީ އެވެ.

ދައުރުން ދައުރަށް މެންބަރުންގެ އަދަދު ގިނަކޮށް، މެންބަރުންގެ މުސާރަ އާއި އެލަވަންސްތައް ބޮޑުކުރަންވީ އެވެ. މި ހުރިހާ ކަމެއް މެންބަރުން އަމިއްލަ ކުރެވެން އޮތުމުން ނަހަމަ ގޮތުގައި އެކަމުގެ ނާޖާއީޒު ފައިދާ ނަގަނީ އެވެ. އެ ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ މި ހުރިހާ ބުރައެއް ދައުލަތަށެވެ. ރައްޔިތުންނަށެވެ

މި ފަހަރު މެންބަރުންގެ މުސާރަ 100،000ރ. އަށް ބޮޑުކުރަން ނިންމި އިރު، މިއީ ރާއްޖޭގެ މި ވަގުތު އިގުތިސާދީ ހާލަތަށް ވެސް ރިއާޔަތްކޮށް ނުކޮށް ނިންމި އަމިއްލަ އެދުން ބޮޑު ނިންމުމެކެވެ. މިހާރު އޮތީ އާ ސަރުކާރެކެވެ. އެ ސަރުކާރަށް އަދި ކިރިޔާ މަހެއްވީ އެވެ.

މަޖިލީހުން މި ވަނީ މެންބަރުންގެ މުސާރަ ބޮޑުކުރަން ނިންމުމުގެ އިތުރަށް ރައީސާއި ނައިބު ރައީސާއި މިނިސްޓަރުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމައިފަ އެވެ. މީގެ އިތުރުން މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަ ވެސް ބޮޑު ކުރަން މިއޮތީ ނިންމައިފަ އެވެެ.

ރާއްޖޭގެ ދަރަނި އޮތީ އިންތިހާބުގަ އެވެ. ފަގީރުންގެ ހާލަތު ރަނގަޅެއް ނުވެ އެވެ. އަނެއްކޮޅުން ތަނަވަސް މީހުން އިތުރަށް ތަނަވަސްވަނީ އެވެ. ސިޔާސީ ދާއިރާގައި މި އުޅޭ މީހުން ހަގީގަތުގައި ގައުމަކާ ދޭތެރޭ، އާންމު ރައްޔިތުންނަކާ ދޭތެރޭ ވިސްނާ ތަނެއް ނުފެނެ އެވެ.

އެކަމަކު މި މީހުން ނިންމާ ކޮންމެ ނިންމުމުގެ ވޭނާއި ކެކުޅުމާއި ދަތިކަން ތަހައްމަލު ކުރަން ޖެހެނީ އާންމު ރައްޔިތުންނެވެ. މެންބަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން އެތައް ބަޔަކު މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި އެކި މޫީހުން ފާޅުކުޔުރަމިން އަންނަ ހިޔާލުތަށް ބަލާ އިރު، މިއީ ރައްޔިތުން ބަލައިގަންނަ ނިންމުމެއް ނޫންކަން ވަރަށް ސާފެވެ.

މި މައްސަލާގައި ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ރަތަށް އަރައިފަ އެވެ. އެ ހައްގު އެބައޮތެވެ.

މެންބަރުންފެ މުސާރަ ބޮޑުކުރަން ނިންމުމާ ގުޅިގެން، ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ޑިމޮކްރެޓްސް އަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ވަނީ މުސާރަ ބޮޑުކުރުމާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ. ފަހަރުގައި އެއީ މި ދަނޑިވަޅުގައި ދައްކަން ކުރާ ކަމަކަށް ވެސް ވެދާނެ އެވެ.

ސަބަބަކީ އަންނަ އަހަރުގެ އިންތިހާބަށް ވެސް މިހާރުގެ ގިނަ މެންބަރުން ފޫގަޅައިގެން ތިބުމެވެ.