ބޮލީވުޑްގައި އަށަގެންފައިވާ ކަމަށް ބުނާ ނެޕޮޓިޒަމަށް ބިނާކޮށް ހެދި ސީރީޒް "ޝޯޓައިމް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އެިން ގެނެސްދޭން ހަމަޖެހިފައިވާ ސީރީޒް ހަދާފައި ވަނީ ބޮލީވުޑްގައި ނެޕޮޓިޒަމްގެ ކުޅިގަނޑު ކުޅޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓަޓައިންޓުންނެވެ.
ސްޓްރީމްކުރަން ފަށާނެ ތާރީހެއް އަދި އިއުލާންނުކުރާ "ޝޯޓައިމް" ޑައިރެކްޓްކުރީ މިހިރު ދެސާއީ އާއި އަރްޗިތު ކުމާރެވެ. މީގެ ކާސްޓްގައި އިމްރާން ހާޝީމީ، ނަސީރުއްދީން ޝާހް، މޯނީ ރޯއި އަދި ޝްރިޔާ ސަރަން ފަދަ ތަރިން ހިމެނެ އެވެ.
މި ސީރީޒަކީ އިމްރާންގެ ދެވަނަ ދެވަނަ ސީޒީރެވެ. އޭނަގެ ފުރަތަމަ ސީރީޒަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓައިންމަންޓުން ނެޓްފްލިކްސް އަށް ދެ ސީޒަނަކަށް ގެނެސްދިން "ބާޑް އޮފް ބްލަޑް" އެވެ.
ކަރަން ކުރިން ގެނެސްދިން ސީރީޒްތަކުގެ ތެރޭގައި ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދިން މަދޫރީ ޑިކްސިޓްގެ "ދަ ފޭމް ގޭމް" އާއި ބޮލިވުޑްގެ އެކްޓަރުންތަކެއްގެ އަނބިންނާ އެކީ ގެނެސްދިން "ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ހިމެނެ އެވެ.