މި އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އަމާޒު ކަމުގައިވާ 1.8 މިލިއަން ވަނަ ޓޫރިސްޓަށް މިއަދު މަރުހަބާ ކިޔައިފި އެވެ.
ރާއްޖެއަށް މި އަހަރު އައި 1.8 މިލިއަން ވަނަ ޓޫރިސްޓަކަށްވީ ނެދަލޭންޑްސްގެ ރައްޔިތެކެވެ. އޭނާ އަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ އިސްވެރިންނެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ރަޝިއާ، އިންޑިއާ އަދި ޗައިނާ އެވެ.
އަންނަ އަހަރު ރާއްޖެ އަށް 2.01 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ) އިން ލަފާކޮށްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެ އައީ 1.6 މިލިއަން ޓޫރިސްޓުންނެވެ.