Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ޕޭޕަރު 90 ސިިކުންތު ކުރިން އަތުލުމުން ދައުވާ!

ކޮލެޖުން ފުރުސަތު ހޯދަން ހަދަން ޖެހޭ އެޑްމިޝަން އިންތިހާނެއް ނިންމަން ދަރިވަރުންނަށް ދިން ވަގުތަށް ވުރެ ވުރެ 90 ސިކުންތު އަވަހަށް އިމްތިހާނު ނިންމާލައި ޕޭޕަރު އަތުލި މައްސަލާގައި ދެކުނު ކޮރެއާގެ ދަރިވަރުންތަކެއް ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ފުލުފުލުގައި ގިނަ މާއްދާތަކެއްގެ އިމްތިހާނު ހަދަން ޖެހޭ މި އެޑްމިޝަން އިމްތިހާނަކީ ކޮރެއާގައި "ސުނެއެންގް" ނަމުން މަޝްހޫރު 8 ގަޑިއިރަށް ދެމިގެންދާ އިމްތިހާނެކެވެ. ރަނގަބީލު ޖަހައި، ޕޭޕަރު އަތުލީ އިމްތިހާނުގެ ފުރަތަމަ މާއްދާ އަށް ދިން ވަގުތުގެ 90 ސިކުންތު ކުރިންނެވެ. މިކަމާ ދަރިވަރުން ބިނު އިމްތިހާނުގެ ބާކީ ބައި ފުރިހަމަ ކުރަން އެ މީހުންނަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އިމްތިހާނަށް ދޭންވާ ފޯކަސް އަށް އޭގެ ސަބަބުން ބޮޑު އަސަރެއްކުރި ކަމަށެވެ.

އެހެންވެ މި މައްސަލާގައި 39 ދަރިވަރަކު އަންގާރަ ދުވަހު ދައުވާކުރީ މާލީ ބަދަލު ސަރުކާރުން ނަގައިދޭން ޖެހޭ ގޮތަށެވެ.
އެއީ އެޑްމިޝަން އިމްތިހާނުގައި ބައިވެރިވި ކޮންމެ ދަރިވަކަށް ބަދަލެެއްގެ ގޮތުގައި 20 މިލިއަން ވޮން ނުވަތަ 15،400 ޑޮލަރު ނަގައިދޭ ގޮތަށެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި އިއްޔެ އެވެ.

މިކަމާ ގުޅޭ ގޮތުން ދަރިވަރުންގެ ވަކީލު ކިމް ވޫ-ސޫކް ވިދާޅުވީ އިމްތިހާނުގެ ފުރަތަމަ މަރުހަލާ "ގަޑުބޮޑުކޮށްލުމުން" ވަރަށް ގިނަ ދަރިވަރުންނަށް ބޮޑު ނުތަނަވަސް ކަމެއް ލިބި، ދަރިވަރުން ބޮޑަށް ހާސްވެ ކަންބޮޑުވާން ޖެހުނު ކަމަށެވެ. އެހެންވެ މިފަދަ ބޮޑު އުނދަގޫ އިމްތިހާނެއްގައި ގޯސްތަކެއް ހެދުމުން ތައުލީމީ އިދާރާތަކުން އެކަމަށް މައާފަށް ވެސް އެދެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާތަކުން މާފަށް އެދިފައި ނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.