Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މައުމޫނަށް ފިޔަވަޅު އަޅަން ގޮވާލައިފި

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާފައިވާކަން އިއުލާން ކުރުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް އެކަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ އިސްލާމިކް މިނިސްޓްރީ އާއި ފަތުވާ ކޮމިޓީން ބަލައި ފިޔަވަޅު އެޅުމަށް ޝެއިހް އާދަމް ނިޝާން ގޮވާލައްވައިފި އެވެ.

މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ބުނުމާ ގުޅިގެން ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި އަދި މިހާރުފެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ ބައްޕާފުޅު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސްލ ލަނޑުދަނޑިއެއް ކަމަށް ދެނެވަޑައިނުގަންވާ ކަމަށެވެ.

މައުމޫންގެ އެ ވާހަކަ ކުށްވެރި ކުރައްވައި ޝެއިހް ނިޝާމް ވިދާޅުވީ الله ބާއްވާލެއްވެވި، ކީރިތި ޤުރްއާނުގައި ބަޔާންވެފައިވާ ސާފު ޞަރީޙަ އެންމެ ޙުކުމްފުޅަކަށް އިންކާރުކޮށްފި މީހަކީ ވެސް، ކީރިތި ޤުރްއާނަށް ކާފަރުވެ، ﷲގެ ދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް ކަމަށެވެ.

ގިސާސް ހިފުން ނުވަތަ މަރަށް މަރުހުމަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައި އޮންނަ ހުކުމެކެވެ.

"އިސްލާމިކް މިނިސްޓްރީ އާއި ފަތުވާ ކޮމިޓީ އަށް ގޮވާލަނީ ވަގުތުން ވަގުތަށް މި މައްސަލަ ބަލައި ފަތުވާ ނެރެ، ދީނުގެ ޙުކުމްތަކަށް ފާޅުގައި އިންކާރު ކުރާ މިފަދަ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށް." ނިޝާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ " މިތިބީ މި މައްސަލައިގާ ފަތުވާ ކޮމިޓީގެ ކުއްލި އަވަސް ފަތުވާއެއް އަންނާނެކަމުގެ އުންމީދުގައި" ކަމަށެވެ.