Last Updated: July 23, 16:49
Thursday, July 23, 2026
މުނިފޫހިފިލުވުން

"މީ އިޝްގް" އިން ޓިކްޓޮކް ޗެލެންޖެއް!

އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "މީ އިޝްގް" އިން މިހާތަނަށް އާންމުކުރި ލަވަތަކުގެ ތެރެއިން ލަވަކަށް ޓިކްޓޮކް ހަދައިގެން އިނާމު ހޯދޭ ޗެލެންޖެއް ފަށައިފި އެވެ.

އެ ފިލްމުގެ ޓީމުން މިކަން އިއުލާންކޮށް ބުނީ އެންމެ ގިނަ ލައިކްސް ލިބޭ ޓިކްޓޮކަށް އިނާމެއްގެ ގޮތުގައި 2،500ރ. ގެ އިތުރުން ފިލްމުގެ ޕްރީމިއާ ޝޯ އިން ދެ ޓިކެޓް ލިބޭނެ ކަމަށެވެ. މި ޓިކްޓޮކް ޗެލެންޖްގައި ބައިވެރިވާން ހަދަން ޖެހޭ ގޮތަކީ ލަވައަކަށް ޓިކްޓޮކް ހަދާފައި #މީއިޝްގު ޖަހާފައި އަޕްލޯޑްކުރާނީ އެވެ. އަޕްލޯޑްކުރާ އިރު، ފިލްމުގެ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ ޓިކްޓޮކް އެކައުންޓް @ޗުވީޓްއާޝާ2 ޓެގްކުރަން ޖެހޭނެ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "މީ އިޝްގް" ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ގަ އެވެ. މީގެ ލީޑް ތަރިންނަކީ އާޝާ އާއި ޝަރަފު އަބްދުﷲ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ "ދަރަކަ" އާއި "މިރާއީ" ވެބް ސީރީޒް ގެނެސްދިން އަޒްހާން އިބްރާހީމެވެ.

އަންނަަ އަހަރުގެ ފުރަތަމަ ފިލްމުގެ ގޮތުގައި ދިވެހި ފިލްމު ސްޓޫޑިއޯ އިން ބެލުންތެރިންނަށް ދޫކޮށްލާ "މީ އިޝްގް" އަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމެވެ. މީގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.