Last Updated: May 13, 20:21
Monday, May 13, 2024
ޚަބަރު

"ފެބްރުއަރީ 8" ގެ ބަދަލު ފުލުހުންނަށް ދެނީ

ގަން ޕޮލިސް ސްޓޭޝަނުގައި ހުރި ވެހިކަލްތައް އަންދާލާފައިވާ އިރު، ފުލުހަކު ހަރަކާތްތެރި ވަނީ.

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަސް ކަމަށްވާ ފެބުރުއަރީ 8، 2012 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންނަށް ލިބުނު ގެެއްލުންތަކުގެ ބަދަލު ދޭން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ދެއްވީ މިއަދު ފުލުހުންގެ މެނޭޖްމަންޓް ބޯޑްގައި ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދެވެ.

އެ ބައްދަލުވުމުގައި ސީޕީ ފެބުރުއަރީ 8 ވަނަ ދުވަހު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ބައެއް ރަށްރަށުގައި ވަކިވަކި ފުލުހުންނަށާއި ފުލުހުންގެ ތަކެއްޗަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ އިރު އެ ގެއްލުންތަކުގެ ބަދަލު އަދި މިހާތަނަށް އެ ފުލުހުންނަށް ލިބިގެން ގޮސްފައި ނުވާ ކަމަށެވެ.

ފެބްރުއަރީ 8 ގެ "ބޮޑު ހުޅުގައި" އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައްޑޫގައި ހުރި ފުލުހުންގެ ތަންތަނަށާއި ފުލުހުންނަށާއި ފުލުހުންގެ ތަކެއްްޗަން ފާހަގަ ކުރެވެ އެވެ. މީގެ އިތުރުން އެ ދުވަހު އައްޑޫގެ ހަތަރު އަވަށެއްގެ މެޖިސްޓްރޭޓް ކޯޓް ވެސް ވަނީ އަންދާލައިފަ އެވެ.

ސީޕީ ވިދާޅުވީ ފެބްރުއަރީ 8 ގައި ގެއްލުން ލިބުނު ފުލުހުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ވަރަށް އަވަހަށް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

މާލެ އާއި އަތޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ބައެއް ރަށްރަށުގައި ވަކިވަކި ފުލުހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

0_136038655913_news

އެގޮތުން ބައެއް ފުލުހުންގެ ސައިކަލުތަކުގައި ހުޅުޖަހައި އަންދާލައި ފުލުހުން ބޭނުން ކުރަމުން ދިޔަ ފޯނާއި ލެޕްޓޮޕް ފަދަ އަގު ހުރި މުދަލާއި ބޭނުން ކުރި ހެދުމާއި އެހެނިހެން ތަކެއްޗަށް ގެއްލުން ދީ އަންދާލާފައި ވެ އެވެ.

އަދި ބައެއް ފުލުހުން އެ ވަގުތު ގައިގައި އޮތް ޔުނީފޯމް ނުވަތަ އެ ވަގުތަކު ލައިގެން ހުރި ހެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެވެ.

މީގެ އިތުރުން އެ ދުވަހު ބައެއް ރަށްރަށުން ފުލުހުން ބޭރުކޮށް ފުލުހުން ވަނީ މަގުމަތިކޮށްފަ އެވެ.