ބަރަހަނާ ސައިޓްތަކަށް ވަންނަ މީހުންނާއި އެފަދަ ކޮންޓެންޓްތައް އެކުލެވޭ ސައިޓްތައް މަދުކުރަން ޔޫރަޕިއަން ޔުނިއަން އީޔޫ) އިން ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
މިހާރަށް ވުރެ ހަރުކަށި ފިޔަވަޅުތަކަށް އަމަލުކުރަން ނިންމި މައިގަނޑު ސަބަބަކީ ވަރަށް ފަސޭހަ އިން މިހާރު ޕޯނޮގްރަފީ އަށް އެކްސެސްވެވެން މަގުފަހިވެފައި އޮތުމާއި މީގެ ސަބަބުން ކުޑަކުދިން ވެސް އެއަށް ހުށަހެޅި އެޑިކްޓްވުމުގެ މައްސަލަތައް ބޮޑުވާތީ އެވެ.
އެގޮތުން އީޔޫ ކޮމިޝަނުން މިކަން އިއްޔެ މިކަން އިއުލާންކޮށް ބުނީ އަލަށް އަމަލުކުރަން ފަށާ އޮންލައިން ކޮންޓެންތަކާ ބެހޭ ޑިޖިޓަލް ސާވިސެސް އެކްޓް (ޑީއެސްއޭ) ގައިވާ ގޮތުން ބަރަހަނާ މަންޒަރުތައް ހިމެނޭ ކޮންޓެންޓްތައް ދެން ފައްތާފައި އިންނާނީ ވެރީ ލާޖް އޮންލައިން ޕްލެޓްފޯމްސް (ވީއެލްއޯޕީ) ކެޓަގަރީގަ އެވެ. އެހެންވެ ބަރަހަނާ އެއްވެސް ކަހަލަ މަންޒަރެއް ހިމެނޭ ސައިޓަކަށް ވަނުމުގައި އުމުރުގެ ސައްހަކަން ކަށަވަރުކުރުމާއި ކޮންޓެންޓްތައް މޮޑެޓްކުރުމާއި މިހާރަށް ވުރެ ބޮޑަށް ޓްރާންސްޕޭރަންސީ އަށް އިސްކަން ދޭނެ އެވެ. ވަކިން ހާއްސަކޮށް ކުޑަކުދިން އެފަދަ ސައިޓްތަކުން ރައްކާތެރިކުރުމަށްޓަކައި ސައިޓްތަކުގައި ސެކިއުރިޓީ ގިނަ ޓޫލްތަކެއް ހިމަނާފައި އިންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
އަލަށް އަމަލުކުރަން ފެށި އުސޫލާ އެކީ ޕޯންހަބާއި ސްޓްރިޕްޗެޓް އަދި އެކްސްވީޑިއޯސް ގަދަ ސައިޓްތައް މިހާރަށް ވުރެ ބޮޑަށް މޮނީޓާކޮށް ރެގިއުލޭޓް ވެސް ކުރާނެ އެވެ.
"މީގެ ސަބަބުން އަހަރެމެންގެ ޅަދަރިން ޕޯނީގްފަރީގެ ނުރައްކާތަކުން ދިރުކޮށް، ރައްކާތެރިކަން ހޯދައި ދެވޭނެ." އީޔޫގެ ތިއެރީ ބްރެޓޮން ވިދާޅުވި އެވެ.

އީޔޫ ކޮމިޝަނުން ބުނި ގޮތުގައި ޕޯނީގްރަފިއާ ދެކޮޅަށް ކުރިއަށް ވުރެ ބޮޑަށް މަސައްކަތްކުރަން ނިންމި އިރު، ޕޯންހަބާއި ސްޓްރިޕްޗެޓް އަދި އެކްސްވީޑިއޯސް ފަދަ ބަރަހަނާ ސައިޓްތަކަކީ ޔޫރަޕްގައި ވަރަށް ގިނަ ބަޔަކު ވަންނަ އެއްޗިއްސެވެ. އެގޮތުން އެ ތިން ސައިޓަސް އެކަނި ވެސް މަހެއްގެ ތެރޭގައި އެވްރެޖްކޮށް 45 މިލިއަން މީހުން ވަދެ އުޅޭ ކަމަށް މިހާތަނަށް އެއްކުރި މައުލޫމާތުކުން ދައްކާ ކަމަށް ބުންޏެވެ.
އަލަށް އަމަލު ކުރަން ނިންމި އުސޫލާ އެކީ ބަރަހަނާ ސައިޓްތައް އުސޫލުތްކަށް ފައްތަން މިހާރު ވަނީ ހަތަރު މަހުގެ މުހުލުތަކެއް ދީފަ އެވެ. އަދި ކޮންމެ ހަ މަހަކުން މޮޑެރޭޝަނާއި ރިސްކް މެނޭޖްމަންޓާ ގުޅޭ ރިޕޯޓް ވެސް ސައިޓްތަކުން އީޔޫ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި އާ އުސޫލާ އެެއްގޮތަށް ނުކުރާ ނަމަ ބަރަހަނާ ސައިޓްތަކުގެ އަހަރީ އާމްދަނީގެ ހަ ޕަސެންޓުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.
އީޔޫ ދާދި ފަހުން ވަނީ ޓިކްޓޮކާއި ފޭސްބުކާއި އެކްސް ފަދަ ޕްލެޓްފޯމްތައް ބޭނުން ކުރުމުގައި ވެސް އާ އުސޫލުތަކަކަށް އަމަލު ކުރަމުންނެވެ.