Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ޑިސެމްބަރު 31 އާއި ޖެނުއަރީ 1 ގައި ބީއެމްއެލް ބަންދުވާނެ

ޑިސެމްބަރު 31 އާއި ޖެނުއަރީ 1 ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެކަން ކަމަށް ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލްގެ ބަޔާނުގައި ބުނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ހޯމަ ދުވަހަށް ބެންކްގެ ހުރިހާ ބްރާންޗެއް ވެސް ބަންދުވާނެ ކަމަށެވެ.

ނަމަވެސް ސެލްފް ސާވިސް އެޓީއެމްތަކާއި، އެ ބޭންކްގެ ކޮންޓެކްޓް ސެންޓަރަށް (3330200) ގުޅައިގެން އެހީތެރިކަން ހޯދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ބޭންކްގެ ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް މެސެޖުން ވެސް މައުލޫމާތު ލިބޭނެ ކަމަށް ބުންޏެވެ.

ކޮންމެ އަހަރަކު ވެސް އަހަރު ނިމުމާ ދިމާކޮށް ކުރަންޖެހޭ ބައެއް މަސައްކަތްތަކަށް ބޭންކު ބަންދުކުރެ އެވެ.