Last Updated: June 14, 09:42
Sunday, June 14, 2026
ޚަބަރު

"ޖުޑިޝަރީ ފޯ ޖޫނިއާސް" ނިންމާލައިފި

ޝަރުއީ ދާއިރާއަށް ޒުވާނުންގެ ލޯބި ޖައްސައި އެ ދާއިރާ އިން މީހުން ބިނާކުރަން އަމާޒުކޮށްގެން މި އަހަރު ކުރިއަށް ގެންދިޔަ "ޖުޑީޝަރީ ފޯ ޖޫނިއާސް" ޕްރޮގްރާމް ނިންމާލައިފި އެވެ.

މި މަހުގެ 14 އިން އިއްޔެގެ ނިޔަލަށް ބޭއްވި ޕްރޮގްރާމް ނިންމާލައި ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމު ބައިވެރިންނަށް ވަނީ ސެޓްފިކެޓް ވެސް ދީފަ އެވެ. ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

"ޖުޑިޝަރީ ފޯ ޖޫނިއާސް" އަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ޕްރޮމްރާމެކެވެ. ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 15-20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފަހަރުގެ ޕްރޮގްރާމްގައި 40 ޒުވާނަކު ބައިވެރިވި އެވެ.

މި ޕްރޮގްރާމުގައި ޒުވާނުން ޖުޑީޝަލް ދާއިރާއަށް ޝައުގުވެރިވާ މިންވަރު އިތުރުކޮށް، އެ ދާއިރާގެ ތެރެއަށް ވެއްދުމަށްޓަކައި މަސައްކަތްތަކެއްކޮށްފައިވެ އެވެ.