Last Updated: July 23, 16:49
Thursday, July 23, 2026
މުނިފޫހިފިލުވުން

"ޑަންކީ" އަށް ޝާން ކީ ލަވަ ފިލްމަކު ނެތް!

އިއްޔެ ސިނަމާތަކުގައި ދައްކަން ފެށި ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" ރިލީޒްކުރީ އެ ފިލްމަށް ކިޔައި ދިން ޑުއެޓް ލަވައެއް ނުލައި ކަމަށް މަޝްހޫރު ލަވަކިޔުބްތެރިޔާ ޝާން ބުނެފި އެވެ.

މިހާތަނަށް އެތައް ފިލްމަކަށް މަގުބޫލު އެތައް ލަވައއް ކިޔާފައިވާ ފަންނާނު މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ "ޑަންކީ" ގައި ހިމަނާފައި ނުވަނީ އޭނަ އާއި ކުޅަދާނަ ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް "ދޫރު ކަހީ ދޫރު" ގެ ނަމުގައި ކީ ލަވަ ކަމަށެވެ. ޝާން ފާހަގަކުރި ގޮތުގައި އެ ލަވަ އަކީ މަންޒަރުތައް ކަޝްމީރުގައި ވެސް ނެގި ލަވައެކެވެ.
އެކަމަކު އެ ލަވަ ފިލްމުގައި ނުހިމަނަން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ނިންމީ އެޑިޓިން މަރުހަލާގައި ކަމަށާއި އެ ނިންމުމަށް އިހުތިރާމުކުރާ ކަމަށް ޝާން ބުންޏެވެ.

ރާއްޖޭގެ ލަވަކިޔުންތެރިޔާ އުނޫޝާއާ އެކީ ލަވައެއް ކިޔައި، އޭގެ ވީޑިއޯ ވެސް މިދިޔަ އަހަރު ގެނެސްދިން ޝާން ބުނީ "ޑަންކީ" ގައި ނުހިމެނި އޭނަގެ ލަވަ ހިރާނީގެ އެހެން ޕްރޮޖެކްޓެއްގައި ހިމަނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެ ފިލްމުގެ ޓްރެކް ލިސްޓްގައި ޖުމްލަ 8 ލަވަ ހިމެނެ އެވެ.

މީގެ ކުރިން ވެސް ޝޫޓްކޮށްފައި ލަވަތައް ފިލްމުތަކުގައި ނުހިމަނައި ދޫކޮށްލާފައިވެ އެވެ.

ފަހަރުގައި "ޑަންކީ" ސްޓްރީމިން އަށް ދޫކޮށްލާ އިރު ޝާން އާއި ޝްރެޔާގެ ލަވަ އޯޓީޓީ ވާޝަނުގައި ހިމެނުމަކީ ވެދާނެ ގޮތެކެވެ. ސްޓްރީމިން އަށް ފިލްމުތައް ދޫކޮށްލާ އިރު، ޑިލީޓްކޮށްފައިވާ މަންޒަތުތައް ހިމެނުމަކީ މި ފަހުން ކުރަމުން އަންނަ ކަމެކެވެ.