Last Updated: July 23, 16:49
Thursday, July 23, 2026
މުނިފޫހިފިލުވުން

ޑީޒެލް އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ކޯޓަށް

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ބަތަލު ވިން ޑީޒެލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އޭނަގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި އެވެ.

މިޑިއާތަކުން ބުނީ އެ މައްސަލަ އިއްޔެ ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓަށް ހުށަހެޅި ޑީޒެލްގެ އެސިސަންޓަންޓެއްގެ ގޮތުގައި 2010 ވަނަ އަހަރު ކުޑަ ދުވަސްކޮޅަކަށް މަސައްކަތްކުރި އެސްޓާ ޖޮނަސަން ކިޔާ މީހެއް ކަމަށެވެ. އޭނަ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެޓްލާންޓާގެ ހޮޓަލެއްގެ ތެރޭގައި ބަރަހަނާވެގެން ހުރެ ޑީޒެން އޭނައާ ގަދަކަމުން ބެހެން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ގަޔަތް އަތްލުމަށްޓައި އޭނައާ ދިމާއަށް ޑީޒެލް ދާން ފެށުމުން ހަޅޭއްލަވައި ގަނެ، ދުއްވައިގަތުމުން ހިފަހައްޓައި ގަނެ، ކޮޓަރީގެ ފާރަށް ތަތްކޮށް ގޯނާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ

މީގެ އިތުރުން ޑީޒެލްގެ ކުންފުނި، ވަން ރޭސް ޕްރޮޑަކްޝަނަކީ ވެސް މަސައްކަތްކުރާ މީހުންނަށް ރައްކާތެރި މާހައުލެއް ނޫން ކަމަށާއި އެ ތަނުގައި ވެސް އޭނަ އުޅެން ޖެހުނީ ބިރުވެރި ކަމެއްގެ ތެރޭގައި އެސްޓާ ބުނެފައިވެ އެވެ. އޭނަ ބުނި ގޮތުގައި އެ ދުވަސްވަރު ޑީޒެލްގެ ކުންފުނީގެ ރައީސްގެ މަގާމު އަދާކުރަމުން ދިޔަ ޑީޒެލްގެ ދައްތަ ސަމަންތާ ވިންސެންޓަކީ ވެސް މުވައްޒަފުންނާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްކޮށް، މުވައްޒަފުންނަށް އިހުމާލުވެފައިވާ މީހެކެވެ.

އެހެންވެ މި މައްސަލަތަކުގައި ޑީޒެލްގެ މައްޗަށް އެސްޓާ ދައުވާކުރަނި އޭނަ އަށް ކުރިމަތިލާން ޖެހުނު ދެ މައްސަލައާ ގުޅިގެން ޑީޒެލް ކޮންމެ މައްސަލައަކަށް މަދުވެގެން 10،000 ޑޮަލަރުން ޖޫރިމަނާކޮށް ދިނުމުގެ އިތުރަށް އަމިއްލަ ނަފުސަށް ލިބުނު ގެއްލުމަށް ވެސް ބަދަލު ނަގައިދޭން އެދި އެވެ.

އެސްޓާގެ ދައުވާއާ ގުޅިގެން ޑީޒެލްގެ ވަކީލު ބްޔަރަން ފްރީޑްމަން މިއަދު ވިދާޅުވީ ޑީޒެލްގެ މައްޗަށް ދައުވާ ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތަކެއްކޮށް ކަމަށެވެ. އަދި މީގެ ކުރިން އެފަދަ އެއްވެދސ ވާހަކައެއް ޑީޒެލްއާ ބެހޭ ގޮތުން އެސްޓާ ދައްކައިފައި ނެތް ކަމަށާއި އޭނަ އަކީ ޑީޒެލްގެ އެސިސްޓަންޓެއްގެ ގޮތުގައި އެންމެ ނުވަ ދުވަހު މަސައްކަތްކުރި މީހެއް ކަމަ ވެސް ވިދާޅުވި އެވެ.

"އެސްޓާ ކުރާ ތުހުމަތުތަކަށް ޑީޒެލް އިންކާރުކުރޭ. އެއީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް." ވަކީލު ވިދާޅުވި އެވެ.

ތިން ކުދިން ތިބި އުމުރުން 56 އަހަރުގެ ޑީޒެލް އަކީ ހޮލީވުޑްގެ އޭ-ލިސްޓް ތަރިއެކެވެ. އޭނަގެ އެންމެ ފަހުގެ މި އަހަރުގެ މެއިގައި ރިލީޒްކުރި "ފާސްޓް އެންޑް ފިއުރިއަސް" ގެ 10 ވަނަ ފިލްމު "ފާސްޓް އެކްސް" އެވެ.