އުރީދޫ މޯލްޑިވްސްގެ "ފަން ރަން" ހުޅުމާލޭގައި ބާއްވައިފި އެވެ.
އުރީދޫ ފަން ރަންގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއިރު، މި ރަން ކުރިއަށް ގެންގޮސްފައިވަނީ 6،000 މީހުންނާއެކު އެވެ.
ރަން ކުރިއަށް ދިޔައިރު ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު އުރީދޫ ފަން ރަންގައި ރަޖިސްޓްރީވެގެން ބައިވެރިވި ފަރާތްތަކުގައި މެދުގައި ނެގި ގުރުއަތުން ހޮވުނު ދެ ފަރާތަކަކަށް ވަނީ އެއް ރޭ ޖުމައިރާ ރިޒޯޓުގައި ހުރުމުގެ ފުރުސަތު ލިބިފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު، އެންމެ އުފާވެރި މި ދުވުމަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ.
ފަން ރަން ނިންމާލުމަށް ފަހު އެހެން އަހަރު ތަކެކޭ އެއްފަދައިން އުރީދޫ މިއުޒިކް ޝޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ. އުރީދޫ މިއުޒިކް ޝޯ ގައި ވެސް މަގުބޫލު އާޓިސްޓުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އުރީދޫ ބްރޭންޑް އެމްބެސަޑަރު ހަބޭސް ބޮޑުބެރު އަދި ޑިޓިއުން ގެ އިތުރުން މީރާ، ޓްރެފިކް ޖޭމް، ޒަކިއްޓެ އަދި ޑީޖޭ ދީދު ހިމެނެ އެވެ.
އުރީދޫ ފަން ރަން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގަ އެވެ.