Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ރަސްމާލެ އަކީ ރައްޔިތުންނަށް ބޮޑު ފައިދާއެއް

މި ސަރުކާރުން ފެށި "ރަސްމާލެ" މަޝްރޫއަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އަދުރޭ) ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ބައްޕަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިން ހިއްކުމުގެ މަޝްރޫއުތަކާއި ރައީސް މުއިއްޒުގެ ސަރުކާރުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއާ އަޅާކިޔާމުން ތަފާތު ފެންނާނެ ކަމަށެވެ.

"ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތަފާތު އަޅާ ކިޔާލީމަ ރައްޔިތުންނަށް ފައިދާ ހުރީ ކޮން މަޝްރޫޢަކުން ކަން ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެ." އަދުރޭ ވިދާޅުވި އެވެ.

ޒަމާނީ ސިޓީއަކަށް އަމާޒުކޮށްގެން ރަސްމާލެ އަށް ފުށިދިއްގަރު ފަޅު ހިއްކަން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.

ރައީސް ވިދާޅުވެފައި ވަނީ މިއީ ދައުލަތުގެ ބަޖެޓަކުން އެއްވެސް ހަރަދެއް ނުހިނގާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އާބަންކޯ އިން ބުނެފައި ވަނީ ފުށިދިއްގަރުފަޅު ހިއްކަނީ 70 ހެކްޓަރުގެ ބިން، އެ މަސައްކަތް ކުރިއަށް ގެންދާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަށް ދޭގޮތަށް ކަމަށެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މި މަޝްރޫއަށް ދައުލަތުން އަދި އާބަންކޯ އިން ވެސް އެއްވެސް ފައިސާއެއް ހަރަދު ނުކުރާނެ ކަމަށާއި މި މަޝްރޫއުގެ އަގު އަދާކުރާނީ ހުޅުމާލެ އިން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދީގެން ކަމަށެވެ.

"ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރާއި، ރަސްމާލެއިން ދޫކުރާ 60 ހެކްޓަރު. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1093 ހެކްޓަރުގެ ބިން. އެޗްޑީސީގެ އެސެޓަށް ނުވަތަ އެޗްޑީސީއަށް ޖަމާވެގެން މި އަންނަނީ." އޭނަ ވިދާޅުވި އެވެ.

އެ ބިންތައް ދޫކޮށްފައި ވަނީ "ޑެވެލޮޕްމަންޓު ޕީރިއަޑް" އަށް ކަމަށާއި އެއީ 99 އަހަރުގެ މުއްދަތަށް ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ސަބަބުން އާބަންކޯގެ ކޭޝް ފްލޯއަށް އަސަރެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި މި ޕްރޮޖެކްޓްގެ ސަބަބުން އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް އިތުރު ތިޔާގިކަން ލިބިގެންދާނެ. އިތުރު ލޯނު ނެގުމުގެ ފުރުސަތުތަކެއް ރާއްޖޭން ބޭރުގެ ކުންފުނިތަކަށް އަޅުގަނޑުމެންގެ އެޝުއަރެންސްތަކެއް ލިބިގެން މި ދިޔައީ." ފަޒުލް ވިދާޅުވި އެވެ.