Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

"ކެޕްޓަންސް އޮފް ދަ ވޯލްޑް" 30 ގައި

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ބިނާކޮށް ގެނެސްދޭން ހަމަޖެހިފައިވާ ޑޮކިއުމަންޓަރީ ސީރީޒް "ކެޕްޓަންސް އޮފް ދަ ވޯލްޑް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި މަހުގެ 30 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ހަ އެޕިސޯޑްގެ ސީރީޒް ހަދާފައި ވަނ ނެޓްފްލިކްސް އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ސްޓްރީމިން ޕްލެޓްފޯމް، ފީފާ ޕްލަސްއާ ގުޅިގެންނެވެ. ފުލްވެލް 73 އިން ޕްރޮޑިއުސްކޮށްފައިވާ "ކެޕްޓަންސް އޮފް ދަ ވޯލްޑް" އިން ޓީމްތަކުން ވޯލްޑް ކަޕަށް ކޮލިފައިވާން ކުރި މަސައްކަތްތަކާއި ގަތަރުގައި ބޭއްވި މުބާރާތުގައި ޓީމްގެތަކުގެ ކުޅުންތެރިން ކުރި މަސައްކަތްތަކުގެ އުސްއަލިތައް ދައްކުވައި ދޭނެ އެވެ.

ވަކިން ހާއްސަކޮށް މުބާރާތުގައި ވާދަކުރި އެންމެ ވަރުގަދަ ގައުމުތަކުގެ ކެޕްޓަނުންގެ މަސައްކަތް ވަރަށް ބޮޑަށް ސީރީޒުން ގެނެސްދޭނެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އަށް ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަނަކީ އާޖެންޓީނާ އެވެ.

މި އަހަރުގެ މުބާރާތަކީ މެދުއިރުމަތީގައި ގައުމެއްގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕަކީ ކޮންމެ ހަތަރު އަހަރަކުން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.