Last Updated: May 20, 22:14
Monday, May 20, 2024
ޚަބަރު

ކުރިއަށް އޮތީ މޫސުން ގޯސްވާނެ ހަފްތާއެއް

ކުރިއަށް އޮތް ހަފުތާގައި މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށާއި ހާއްސަކޮށް މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަކުރުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިއްސާރައިގެ އަސަރު ކުޑަވާނެކަމަށް ލަފާކުރެވުނު ނަމަވެސް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މޫސުން ގޯސް ދުވަސްއިރު ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑު ދަތުރުތައް ނުކުރުމަށާއި އެފަދަ ދަތުރުތައް ކުރާއިރު ވެސް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ އަށް މޫސުން ގޯސްވެފައިވާއިރު މި ދުވަސްވަރަކީ ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ.