Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އެމްޓީސީސީގެ ޗެއާމަނަކަށް އަފީފު

އެމްޓީސީސީގެ ޗެއާމަނަކަށް މުހައްމަދު އަފީފް ހުސެއިން ހަމަޖައްސައިފި އެވެ.

އެ ކުންފުނިން ބުނީ އަފީފްގެ ލީޑަޝިޕާއި ތަސައްވުރުގެ ސަބަބުން ކުންފުންޏަށް އިތުރު ކާމިޔާބީތަކެއް ލިބުމަށް މަގުފަހިވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އަފީފު ކުރިން ހުންނެވީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ. އޭނަ ވަނީ ސްޓެލްކޯގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް 25 ޑިސެމްބަރު، 25، 2013 އިން މެއި، 18، 2016 އަށެވެ.