Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

އަރުބާޒާއި ޝޫރާ ކައިވެނިކޮށްފި

އަރުބާޒް ޚާނާއި ޝޫރާ ޚާން ކައިވެނިކޮށްފި އެވެ.

ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ބައެއް ރައްޓެހިން ބައިވެރިވި ކައިވެނީގެ ހަފުލާ އޮތީ ރޭ، އަރްބާޒްގެ ކޮއްކޮ އަރްޕިތާ ޚާންގެ ގޭގަ އެވެ. މިއީ އަރުބާޒް، 56، ގެ ދެވަނަ ކައިވެންޏެވެ. އޭނަގެ ކުރީގެ އަންހެންނަކީ އަދި ދަރިފުޅު އަރްޚާން ޚާން، 21، ގެ މަންމަ އަކީ އެކްޓަރު އަރުޖުން ކަޕޫރާ ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ، 50، އެވެ.

އަރްބާޒާއި މަލައިލާގެ ކައިވެނި ރޫޅައިލީ 2017 ގަ އެވެ. އޭގެ ފަހުން މީގެ ހައެއްކަ މަސް ކުރިއާ ހަމައަށް އަރުބާޒް ރައްޓެހިވެގެން އުޅުނީ އިޓަލީގެ މޮޑެލް/ބަތަލާ ޖިއޯޖިއާ އެޑްރިއާނީއާ، 33، އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަރުބާޒާއި ޝޫރާ ރައްޓެހިވީ އޭނަ ޕްރޮޑިއުސްކޮށް އަދި ރިލީޒްނުކުރާ ފިލްމު "ޕަޓްނާ ޝުކްލާ" ގެ ސެޓުން ދިމާވެފެން އުފެދުނު ގާތް ގުޅުމުގެ ތެރޭގަ އެވެ. ޝޫރާ، 29، އަކީ މޭކަޕް އާޓިސްޓެއްގެ އިތުރުން ހެއާސްޓައިލިސްޓެކެވެ.

އަރްބާޒަކީ މަޝްހޫރު ތަރި ސަލްމާން ޚާންގެ ހަތަރު ކޮއްކޮއިންގެ ތެރެއިން އޭނައާ ޖެހުނު މީހާ އެވެ.