ފެށޭ އާ އަހަރާ އެކީ އިސްލާމިކް މިނިސްޓްރީން އާ ވެބްސައިޓެއް ލޯންޗްކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ އާ ވެބްސައިޓް ވާނީ މިހާތަނަށް މިނިސްޓްރީން ނެރެފައިވާ އިސްލާމީ ފޮތްތައް ޑައުންލޯޑް ވެސް ކުރެވޭ އިސްލާމީ ލައިބްރަރީއެއް ވެސް ހިމެނޭ އެއްޗަކަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓަކީ އެ މިނިސްޓްރީގެ ކަންކަމާ ގުޅޭ މައުލޫމާތު އަޕްޑޭޓްކޮށް ގެނެސްދެމުން އަންނަ ސައިޓެކެވެ. އެގޮތުން މިނިސްޓްރީގެ ހާއްސަ ޚަބަރުތަކާއި މިނިސްޓްރީން ނެރޭ ބަޔާންތަކާއި ނޯޓިހާއި އެ ނޫން ވެސް ގިނަ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހިއްސާކުރަމުން ދެ އެވެ.
އެގޮތުން ދިވެހި ބަހާއި އިނގިރޭސީ ބަހުން ވެބްސައިޓްގެ ކޮންޓެންޓްތައް މިހާރު ގެނެސްދެ އެވެ.
މީގެ އިތުރުން މިނިސްޓްރީގެ އިވެންޓްތައް ވެބްސައިޓުން ލައިވްސްޓްރީމްކުރެ އެވެ.