Last Updated: June 14, 09:42
Sunday, June 14, 2026
ޚަބަރު

އެއީ އެމްބިއުލާންސްގެ ހިދުމަތް ފަށަނީ

އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

މި ހިދުމަތް އަންނަ މާޗްގެ މަހުގެ 1 ހައި ފަށަން ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަންނަ އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމު އިބްރާހީމް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވާން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އެ ހިދުމަތް ދޭނީ ހެލްތު މިނިސްޓްރީ އާއި ގައުމީ އެއާލައިން، މޯލްޑިވިއަން އަޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) ގުޅިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެއާ އެމްބިއުލަންސްގެ ޚިދުމަތަށް ދެ ބޯޓް ބޭނުން ކުރާނެ އެވެ.

މިހާތަނަށް ބަލި މީހުން އިމަޖެންސީގައި ވައިގެ މަގުން އުފުލަމުން އައީ އިންޑިއާ އިން ދީފައިާ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓްގަ އެވެ.