Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ހާފިޒުންގެ ޖަމިއްޔާއެއް އުފެއްދުމުގެ ހިޔާލެއް

ޤުރުއާން ހިތުދަސް ހާފިޒުންގެ ޖަމިއްޔާއެއް އުފައްދަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިޔާލު ދެއްވައިފި އެވެ.

އެ ހިޔާލު މިނިސްޓަރު ދެއްވީ ޒުވާން ދިވެހި ހާފިޒުންނާއި މިއަދު ބައްދަލުކުރައްވަ އެވެ. އެ ބައްދަލުވުމަކީ ކުރިއަށް އޮތް ރޯދަ މަހު މާލޭގައި ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި، ޒުވާން ދިވެހި ހާފިޒުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެން ދިއުމަށް މަޝްވަރާކޮށްފައިވާ އިރު، ޒުވާން ހާފިޒުން އިތުރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ހާފިޒުންގެ އެސޯސިއޭޝަނެއް އުފެއްދެވުމުގެ ޚިޔާލު ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތުގެ އިތުރުން މާލޜގެ ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ޒުވާން ދިވެހި ހާފިޒުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރޯދަމަހުގެ ކުރިން މުރާޖާ ކުލާހެއް ހިންގާނެ އެވެ.