Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

މޫނުބުރުގާއާ މެދު ނަފުރަތު އުފައްދަން އުޅޭ

މޫނުބުރުގާއާ މެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ގިނަ ބަޔަކު އެއްވެފައި އިތް މިއުޒިކް ޝޯއެއްގެ ތެރޭގައި މޫނުބުރުގާ އަޅައިގެން ހުރި މީހަކު ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި ޒައިދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ގޮތަކަށް އެކަން ކޮށްފައި ވަނީ އެއީ މޫނު ބުރުގާއާ މެދު ނަފުރަތު އުފައްދުވައި، އެއްޗެތި ކިޔުއްވަން ކަމަށެވެ. އަދި އެއީ ލަދުވެތިކަމެއް ނެތް ބައެއް ނެތް ކަމަށާއި މި ފަދަ ކަންކަމަކީ ވަރަށް ދެރަ ކަންކަން ކަމަށް ވިދާޅުވި އެވެ.

"‏މޫނު ބުރުގާ އަޅައިގެން ޕަބްލިކްގައި ޑީޖޭ ޖައްސަން އުޅެނީ، އެއީ އަސްލު މޫނުބުރުގާ އަޅާ މީހުން ނޫންކަން ޔަގީނަށް ބުނަން ކެރިދާނެ." ޒައިދު ވިދާޅުވި އެވެ.

މޫނުބުރުގާއާ ގުޅޭ ތަފާތު މައްސަލަތައް ރާއްޖޭގައި މި ފަހުން ވަރަށް ބޮޑަށް ފެންމަތިވެފައިވެ އެވެ. އެގޮތުން ޓީޗަރުން މޫނުބުރުގާ އެޅުން މައްސަލައަކަށް ހެދުމާއި ވައްކަން ކުރަން އުޅޭ މީހުން މޫނުބުރާގެ ނިވަލުގައި އެފަދަ ކުށްތަކަށް އަރައިގަތުން ފަދަ ކަންކަން ހިމެނެ އެވެ.

ނަމަވެސް ރާއްޖޭގެ މިހާރުގެ ސަރުކާރުން ބުނަމުން އަންނަނީ އިސްލާމް ދީނާ ފުށުއަރާ ކަންކަން ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ގޮތަކަށް ކްރިސްމަސް ފާހަގަނުކުރަން އަންގާފައިވެ އެވެ.