Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

"އަކްއަމޭން 2" އަށް ފިނި ތަރުހީބެއް

މިދިޔަ ހުކުރު ދުވަހު ރިލިޒްކުރި ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "އަކްއަމޭން: ދަ ލޮސްޓް ކިންގްޑަމް" ގެ ވިޔަފާރި އުންމީދުކުރި ވަރާ ގާތަށް ވެސް ނުދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދުކުރެވުނު ފިލްމަށް ލިބެމުން ދަނީ ވަރަށް ފިނި ތަރުހީބެކެވެ. ހާއްސަކޮށް އުތުރު އެމެރިކާގައި "އަކްއަމޭން: ދަ ލޮސްޓް ކިންގްޑަމް" ގެ ވިޔަފާރި ވަރަށް ވަނދު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ފިލްމު ރިލީޒްކުރި ހަފުތާ ބަންދުގައި ވެސް ވިޔަފާރި ދިޔައީ ވަރަށް ދަށްކޮށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މި ފިލްމަށް މިހާތަނަށް ލިބިފައި ވަނީ 120.1 މިލިއަން ޑޮލަރެވެ. ޑައިރެކްޓަރު ޖޭމްސް ވެން ފިލްމު ހަދާފައި ވަނީ ޖުމްލަ 215 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

"އަކްއަމޭން: ދަ ލޮސްޓް ކިންގްޑަމް" އަކީ ވޯނާ ބްރޮސްގެ 2018 ގެ "އަކްއަމޭން" ގެ ސީކްއެލް އެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް އާމްދަނީގެ ގޮތުގައި 1.152 ބިލިއަން ޑޮލަރު ލިބިފައުވެ އެވެ.

"އަކްއަމޭން" ގެ ދެ ފިލްމުގައި ވެސް ޓައިޓްލް ރޯލު ކުޅުނީ ޖޭސަން މޮމޯއާ އެވެ.