Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ޓީ-ބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ފައިސާ ހޯދަން 2.9 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި ހިމެނެނީ 27 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި 103 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 165 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 181 ދުވަހުން އަނބުރާ ދެއްކުމަށް 119 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 363 ދުވަހުން އަނބުރާ ދެއްކުމަށް 829.9 މިލިއަން ރުފިޔާގެ ޓީ-ބިލެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓަކީ 3.50-4.60 ޕަސެންޓާ ދެމެދެވެ.

ޓީ-ބިލްތައް އާންމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ.