Last Updated: July 17, 17:40
Friday, July 17, 2026
ދުނިޔެ

ކެންޔާ އަށް ދާން ވިސާ ބޭނުމެއް ނުވާނެ

ވިސާއާ ނުލައި އަންނަ އަހަރު ކެންޔާ އަށް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިކަން އިއުލާންކުރައްވައި އިރުމަތީ އެފްރިކާ އަށް ނިސްބަތްވާ ގައުމުގެ ރައީސް ވިލިއަމް ރޫޓޯ ވިދާޅުވީ އަންނަ މަހުން ފެށިގެން ކެންޔާ އަށް ދަތުރުކުރަން ވިސާ ހޯދުމުގެ ބުރަ އުފުލަން ނުޖެހޭނެ ކަމަށާއި އެ ގައުމު ވާނީ "ވިސާ ފްރީ" ގައުމަކަށް ކަމަށެވެ.

"މީގެ ބަދަލުގައި އަހަރެމެން ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް ދަތުރުކުރާ މީހުންނަށް ދުރާލައި ހުއްދައެއް ދޭނަން." ރައީސް ވިދާޅުވި އެވެ.

ވިސާއާ ނުލައި ކެންޔާ ދަތުރުކުރެވޭ ގޮތް ހެދި އިރު، އެފްރިކާ ބައްރުގެ ގައުމުތަކުން މި އުސޫލަށް އަމަލުކުރުމަކީ ރައީސް ރޫޓޯ ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ކަމެކެވެ. އޭނަ ވިދާޅުވީ ކެންޔާ އަކީ އަބަދު ވެސް މެހުމާނުންނަށް މަރުހަބާ ކިޔާނެ ގައުމެއް ކަމަށާއި އެ ގައުމަށް ދަތުރުކުރާ މީހުންނަށް އިހުސާސްކޮށް ދޭން ބޭނުން ވަނީ "އަމިއްލަ ވަޒަނަށް" ދަތުރުކުރުމުގެ އިހުސާސް ކަމަށެވެ.

އާބާދީ 55 މިލިމިއަނަށް ވުރެ ބޮޑު ކެންޔާ އަކީ އިގުތިސާދު ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. އެ ގައުމުގެ ހާއްސަ އެއް ކަމަކީ ވައިޑްލައިފް ސަފާރީ އެވެ.