Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ރޮނާލްޑޯއާ މަހްލޫފް ބަައްދަލުވެއްޖެ!

މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫބް ބައްދަލުވެއްޖެ އެވެ.

މި ވާހަކަ މަހްލޫފްގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ރޮނާލްޑޯއާ މަހުލޫފް ބައްދަލުވެފައި މި ވަނީ އާއިލާއާ އެކީ މިހާރު އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ. ޕޯޗްގަލް އަށް ނިސްބަތްވާ ރޮނާލްޑޯ އަކީ މިހާރު ސައުދީގެ ކުލަބެއް ކަމަށްވާ އަލް ނަސްރު އަށް ކުޅެމުން އަންނަ މީހެކެވެ. އޭނަ އެ ޓީމަށް ބަދަލުވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

މަހުލޫފް މީގެ ކުރިން ވެސް ދުނިޔޭގެ އެކިއެކި މަޝްހޫރު މީސްމީހުންނާ ބައްދަލުކޮޑްފައިެވ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ތަރިންނާއި ފިލްމީ ތަރިންނާއި މިއުޒިކީ ފަންނާނުން ހިމެނެ އެވެ.