އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ދުނިޔެ ދުށް އެންމެ އަނިޔާވެރި ހުދުމުހުތާރު ލީޑަރު ކަމަށް އެޑޯލްފް ހިޓްލަރަށް ދޫނުކުރާ ވަރުގެ މީހެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.
އަންކާރާގައި އިއްޔެ އޮތް އެވޯޑް ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އޭނަ ވަނީ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާ ވަރަށް ބޮޑަށް ކުށްވެރިކޮށް، ނަތަންޔާހޫ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ވިދާޅުވާ ވިދާޅުން ތަކުރާރު ކުރައްވައި އުރުދުގާން ވިދާޅުވީ ނަތަންޔޫ އިސްކޮށް ހުރެގެން ފަލަސްތީނުގެ ނަސްލު ނައްތައިލަން ކުރާ މަސައްކަތަކީ ޔަހޫދީން ނައްތައިލަން ހިޓްލަރު ހިންގި ފަދަ ގަތުލުއާންމެއް ކަމަށެވެ.
އަދި ނަތަންޔާހީ އަކީ ހިޓްލަރަށް ވުރެ އަރާހުރި މީހެއް ކަމަށް ވެސް އުރުދާން ވިދާޅުވި އެވެ. ސަބަބަކީ އޭނަ ފަލަސްތީނާ ދެކޮޅަށް ހިމްގާ ގަތުލުއާންމަކީ ހުޅަނގުގެ ދެފުށް ދެގޮތް ސިޔާސަތުތައް ގެންގުޅޭ ގައުމުތަކުގެ ވާގިވެރިކަމާއި މަދަދާ އެކީ ހިންގާ ޖަރީމާތަކަށްވުން ކަމަށް ވިދާޅުވި އެވެ.
"ހަގީގަތަށް ބަލާ ނަމަ ހިޓްލަރާއި ނަޔަތަންޔާހޫއާ އެއްވެސް ތަފާތެއް ނެތް. ހަގީގަތަކީ އޭނަގެ ބާރާއި ނުރައްކާތެރިކަމާއި އަނިޔާވެރިކަން އަދި ހިޓްލަތަށް ވުރެ މާ މަތީގައި އުޅޭކަން،" އުރުދާން ވިދާޅުވި އެވެ. "ސަބަބަކީ އިޒްރޭލު މި ލާއިންސާނީ ޖަރީމާ ހިންގަނީ ހުޅަނގުގެ މަދަދާއި އެކީގައި ކަމަށްވުން."
ތުރުކީގެ ރައީސްގެ މި ވާހަކަތަކާ ގުޅިގެން ނަތަންޔާހޫ ވަނީ ރައްދު ވެސް ދީފަ އެވެ. އޭނަ ބުނީ ތުރުކީ ދައްކާ ވާހަކައަކަށް މާ ބޮޑު ސަމާލުކަމެއް ދޭން ބޭނުން ނުވާ ކަމަށެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވާ އިރު، އުރުދުގާން އަކީ ކުރުދީންނަކާ ދެކޮޅަށް އެތައް ޖަރީމާއެއް ހިންގާފައިވާ މީހެއް ކަމަށާއި އެކަން ތާރީހީ ރެކޯޑްތަކުން ފެންނަން އޮތް ކަމަށް ނަހަތަންޔޫ ބުންޏެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 21،000 އާ ގާތްކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އުރުދުގާން ދާދި ފަހުން އިޒްޒޭލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަން ވެސް ގޮވާލައްވާފައިވެ އެވެ.