Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ފޭދޫގެ މިސްކިތްތަކުގެ އާބާތުރަ ފިލުވަން ހުޅުވާލައިފި

ފޭދޫގެ މައި ހުކުރު މިސްކިތް.

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އައްޑޫ ފޭދޫގެ މިސްކިތްތަކުގެ އާބާތުރަ ފިލުވަން ޝައުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އަވަށު އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުތަކާއި މިސްކިތްތައް ރީތިކުރުުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 10 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަވަށު އޮފީހުން ބުނީ މިސްކިތްތަކުގެ އާބާތުރަ ފިލުވަން ތަކެތި ހަދިޔާކުރަންް ބޭނުންވާ މީހުންނަށް ވެސް އެ ސުންގަޑީގައި އެކަމަށް ހުށަހެޅޭނެ ކަމަށެވެ.

ފޭދޫގައި 8 މިސްކިތް ހުރެ އެވެ. މީގެ ތެރެއިން ތިން މިސްކިތެއްގައި ހުކުރު ނަމާދުކުރެ އެވެ.

އާންމުކޮށް ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް، އައްޑޫގެ އަވަށްތަކުގެ މިސްކިތްތައް އާބާރުތަ ފިލުވަ އެވެ. އަދި މިކަމަށް ވިޔަފާވެރިންގެ އެހީތެރިކަން ވެސް ލިބެ އެވެ. އައްޑޫގައި ގިނައީ ހެޔޮއެދޭ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ.