އެމެރިކާގެ މަޝްހޫރު ލަވަކިޔުންޔެރިޔާ އަރިއާނާ ގްރަންޑޭ އާ އަހަރާ ދިމާކޮށް އާ އަލްބަމެއް ގެނެސްދޭން އުޅޭކަމުގެ އިޝާރާތްތަކެއް ދީފި އެވެ.
އޭނަ އިންސްޓަގްރާމް ޕޯސްޓެއްގައި މިފަދަ އިޝާރާތެއް ދިން ނަމަވެސް އާ އަލްބަމާ ގުޅޭ މާ ބޮޑު ތަފުސީލެއް ނުދެ އެވެ.
ނަމަވެސް އާ އަލްބަމް ނެރޭނީ ރިޕަބްލިކް ރެކޯޑްސްގެ ތައްގަނޑުގަ އެވެ. އުމުރުން މިހާރު 30 އަހަރުގެ ފަންނާނުގެ އެންމެ ފަހުގެ އަލްބަމަކީ 2020 ގެ "ޕޮޒިޝަންސް" އެވެ. އަރިއާނާ މިހާތަނަށް ހަ އަލްބަމް ނެރެފައިވެ އެވެ. އޭނަގެ ފުރަތަމަ އަލްބަމަކީ 2013 ގެ "ޓްރޫލީ ޔުއާސް" އެވެ.
ދެހާސް އެކާވީހުގައި ކުރި އަލަތު ކައިވެނި މި އަހަރުގެ ސެޕްޓެމްބަރުގައި ރޫޅުނު ލަވަކިޔުންތެރިޔާ އަކީ މިހާތަނަށް މިއުޒިކީ ދާއިރާ އިން އެތައް އެވޯޑެއް ވެސް ހޯދާފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި ގްރެމީ، ބިލްބޯޑް މިއުޒިކް އެވޯޑް، އެމެރިކަން މިއުޒިކް އެވޯޑް އަދި ބްރިޓް އެވޯޑް ހި،މެނެ އެވެ.
ލަވަކިޔުންތެރިއެއްގެ އިތުރުން އަރިއާނާ އެކީ ބަތަލާއެއް ވެސް މެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2021 ގައި ރިލީޒްކުރި ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ޖެނިފާ ލޯރެންސްގެ "ޑޯންޓް ލުކް އަޕް" އެވެ.