Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ކޯސްޓްގާޑް ކޮމަޑާންޓަކަށް ސަލީމް

އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓުޑްގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަންކޮށްފި އެވެ.

އޭނަ މަގާމަށް އައްޔަންކުރިކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުލްލަތީފެވެ.

ކާނަލް ސަލީމް އެންމެ ފަހުން ހުންނެވީ އެމްއެންޑީއެފްގެ އުތުރުގެ ސަރަހައްދުގެ ކޮމާންޑަރެއްގެ މަގާމުގަ އެވެ. ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމަށް އޭނަ އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.