Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީސް އިފުތިތާހުކޮށްފި

މިސްކިތްތަކާ ބެހޭ ގައުމީ މަޖުލީސް މިއަދު އިފުތިހާތުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އޭގެ މަގުސަދަކީ މިސްކިތްތަކުގެ ހާލަތު މެދު ކެނޑި އަބަދުވެސް ބަލަމުން ދިއުމާއި މިސްކިތުގެ ބޭނުން ހިފަމުން އަންނަނީ އެންމެ ރަނގަޅު ގޮތުގައިތޯ ބަލައި ދިރާސާ ކުރުން ކަމަށެވެ.

މިނިސްޓަރު ޑރ. މުހައްމަދު ސަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތްތަކާ ބެހޭ ގައުމީ މަޖުލީސް އުފެއްދިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ރާއްޖޭގައި ހުރި ހުރިހާ މިސްކިތްތަކަށް ދޭން ޖެހޭ މަތިވެރިކަމާއި އިހުތިރާމު އެ މިސްކިތްތަކަށް ދިނުމުގެ ސަގާފަތެއް އާލާކުރުމުގެ ގޮތުން އިފުތިތާހު ކުރި މަޖިލީހެއް ކަމަށެވެ.

"މީގެ ސަބަބުން ކޮންމެ އަތޮޅެއް އަދި ކޮންމެ ރަށެއްގައި ވެސް މި މަޖިލީހުގެ ކޮމެޓީތަކެއް އުފެދިގެން ދާނެ. މިސްކިތްތަކާ ބެހޭ ގޮތުން ނިންމޭ ކޮންމެ ނިންމުމެއް ވެސް ނިންމިގެންދާނީ ހަމަ މި ކޮމެޓީތަކުގެ ލަފަޔާ އެކީގައި." މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވި ގޮތުގައި މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުން މަަހަކު މަދުވެގެން އެއް ފަހަރު އެއްތަންވެ ވާނެ މިސްކިތްތަކާ ބެހޭ ލަފާދީ އަދި މިސްކިތްތަކުގެ އިމާމުން ތަމްރީނު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރާނެ އެވެ.

"މި މަޖިލީހުގެ އިސްވެރިންގެ ގޮތުގައި އެކި އެކި އިދާރާތަކުގެ އިލްމީ ބޭފުޅުން ވެސް ހިމެނިގެން ދާނެ." މިނިސްޓަރު ވިދާޅުވި އެވެ.