ބޮލީވުޑްގެ ބަތަލާ އީޝާ ކޮޕިކަރްގެ 14 އަހަރުވީ ކައިވެނި ނިމުމަކަށް އަތުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އީޝާ އާއި ޓިމީ ނަރަންގުގެ ގުޅުމުގައި ބޮޑެތި މައްސަލަތަކެއް ޖެހި މީގެ މަހެއްހާ ދުވަސް ކުރިން އެ ދެ މީހުން ވަރިވެ، މިހާރު އުޅެނީ ވެސް ވަކިން ކަމަށެވެ. އަދި ކައިވެނީ ރޫޅުމުގެ ކުރިން އެ ގުޅުން ސަލާމަތްކުރެވޭތޯ ދެ މީހުން ވެސް މަސައްކަތްކުރި ކަމަށާއި ނަމަވެސް އެންމެ ފަހުން ވަކިވާން ނިންމީ، ސުލްހަވޭވެނެ ގޮތެއް ނެތުމުން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
އީޝާ އާއި ޓިމީގެ ވަރީގެ ވާހަކަ އިއްޔެ ފެންމަތިވުމާ ގުޅިގެން އެކަމާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ސުވާލުކުރުމުން އީޝާ ބުނީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި އޭނަގެ ޕްރައިވެސީ އަށް އިހުތިރާމު ކުރަން އެދޭ ކަމަށެވެ. މީޑިއާތަކުން ބުނީ ފިރިމީހާ ގާތުން ނުކުމެ، އީޝާ މިހާރު ވަކިން އުޅެމުން އަންނަ އިރު، ދަރިފުޅު ރިއާނާ ނަރަންގް ހުންނަނީ އީޝާގެ ގާތުގައި ކަމަށެވެ.
އީޝާގެ ފިރިމީހާ ޓިމީ އަކީ ހޮސްޕިޓާލިޓީ ދާއިރާގެ ވިޔަފާވެރިއެކެވެ.
މިހާރު އުމުރުން 47 އަހަރުގެ އީޝާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ގަޔާމަތު: ސިޓީ އަންޑަ ތުރެޓް"، "ކްރިޝް ކޮޓެޖް" "ޑޮން"، "ޗައިނާ ޓައުން 36" އަދި "އޭކް ވިވާ…އެއިސާ ބީ" ހިމެނެ އެވެ.