ވަރަށް ބޮޑަށް ގުންގަދަވެ، ހާލު ދެރަވުމުގެ ސަބަބުން އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ހީނާ ޚާން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުޅުނު އަކްޝަރާގެ ރޯލުން މަޝްހޫރުވުި ބަތަލާ އެޑްމިޓްކުރީ އިއްޔެ އެވެ. އަދި ހޮސްޕިޓަލްގައި އޮވެގެން ހާލަތުގެ ވާހަކަ ހީނާ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭނަ ބުނި ގޮތުގައި ހޮސްޕިޓަލްގައި އެޑްމިޓްކުރީ ހުސް އައިސް، ހާލަތު ރަނގަޅުވެ އިތުރަށް ހުން ގަދަވާތާ ހަތަރު ދުވަސް ފަހުންނެވެ.
ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި ފޭނުން އޭނައާ މެދު ކަންބޮޑުނުވުމަށް ހީނާ އެދިފައިވެ އެވެ.

މިހާރު ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރާ ހީނާ އަކީ އިންޑިއާގެ ސެލެބްރިޓީންގެ ތެރެއިން އެންމެ ގިނައިން ރާއްޖެ އަންނަ އެކެކެވެ. އޭނަ އަކީ ކަލާސްގެ ރިއަލިޓީ ޝޯތައް ކަމަށްވާ "ބިގް ބޮަސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފައިވާ ފަންނާނެކެވެ.
ހީނާ ވަނީ ސްޓާ ޕްލަސް އިން 2020 ގައި ގެނެސްދިން "ކަސީޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަންގައި ދުވަސްތަކެއް ވަންދެން އޭގެ ނެގަޓިވް ރޯލު ކޮމޮލިކާގެ ރޯލު ވެސް ކުޅެފަ އެވެ. ހީނާގެ ފުރަތަމަ ބޮލީވުުޑްގެ ފިލްމަކީ ޑައިރެކްޓަރު ވިކްރަމް ބަޓް 2021 ގައި ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ.