ފުރަތަމަ ފަހަރަށް އަންހެނެއްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އަރައިފި އެވެ.
ބްލޫމްބާގް ބިލިއަނާސް އިންޑިކްސް އިން ބުނީ ޝަރަފު ލިބުނު ފުރަތަމަ އަންހެނަކީ ފްރާންސްގެ މަޝްހޫރު ކޮސްމެޓިކް ކުންފުނި، ލޯރިއަލް ހިންގުމުގައި މިހާރު އިސްކޮށް އުޅުއްވާ ފްރެންކޮއިޒް ބެޓެންކޯޓް މޭޔާސް ކަމަށެވެ. އުމުރުން 70 އަހަރުގެ މޭޔާސްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރުމާ ގުޅިގެން އޭނަ މިހާރު އޭނަ ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގެ 12 ވަނައިގަ އެވެ.
މީޑިއާތަކުން ބުނީ މޭޔާސްގެ މިލްކިއްޔާތު އުފުލުނީ ލޯރިއަލްގެ ހިއްސާގެ އަގު މި ހަފުތާގެ ތޭރަގައި ވަރަށް ބޮޑަށް އުފުޅުމާ ގުޅިގެން ކަމަށާއި އިއްޔެ އަކީ ހިއްސާގެ އަގު ވަރަށް ބޮޑަށް މައްޗަށް އެރި ދުވަހެއް ކަމަށެވެ. ލޯރިއަކް އަކީ މޭޔާސްގެ ޒަމާންވީ އާއިލޫ ވިޔަފާރިއެކެވެ، އެ ކުންފުނި ވުޖޫދަށް ގެނައީ އޭނަގެ ކާފަ ޔުޖީން ޝުއެލާ އެވެ. އެއީ މީގެ 114 އަހަރު ކުރިންނެވެ.
ލޯރިއަލްގެ ހިންގެވުމާ މޭޔާސް ހަވާލުވެވަޑައިގެންނެވީ އެ ޒިންމާ ކުރިން އަދާކުރައްވަމުން ގެންދެވި އޭނަގެ މަންމަ ލިލިއަން ބެޓެންކޯޓް 2017 ގައި މަރުވުމާ ގުޅިގެންނެވެ.