މިދިޔަ ހަފުތާގައި ކައިވެނިކުރި އަރްބާޒް ޚާނާއި ޝޫރާ ޚާން މިއަދު ހަނީމޫނަށް ފުރައިފި އެވެ.
މިއަދު ހެނދުނު އެ މީހުން ފުރަން މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. ބައެއް މީޑިއާތަކުން ބުނީ މިއީ އަރްބާޒާއި ޝޫރާ ހަނީމޫނާއި އާ އަހަރު ވެސް ފާހަގަކުރަން ކުރާ ދަތުރެއް ކަމަށެވެ. އަދި ބައެއް މީޑިއާތަކުން އެ މީހުން ފުރީ ރާއްޖެ އަށް ކަމަށެވެ.
އަރްބާޒާއި އޭނަ ކުރިން ރައްޓެހިވެގެން އުޅުނު އިޓަލީގެ މޮޑެލް/ބަތަލާ ޖިއޯޖިއާ އެންޑްރިއާނީ ވެސް 2021 ގައި ރާއްޖެ އައިސްފައިވެ އެވެ.
އަޒްބާޒް، 56، އާއި ޝޫރާ، 29، ކައިވެނިކުރީ މި މަހުގެ 24 ގަ ފއެވެ. މިއީ އަރްބާޒްގެ ދެވަނަ ކައިވެންޏެވެ. މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮގެ ކުރީގެ އަންހެނުންނަކީ މިހާރު އެކްޓަރު އަރުޖުން ކަޕޫރް، 38، އާ ރައްޓެހިވެގެން ައުޅޭޢ މަލައިކާ އަރޯރާ، 50، އެވެ.
އެ ދެ މީހުންގެ ކައިވެނި ރޫޅުނީ 2017 ގަ އެވެ. އަރްބާޒާއި މަލައިކާ އަށް ލިބިފައިވާ ދަރިފުޅު އަރްހާން ޚާނަށް މިހާރު 21 އަހަރެވެ. އަޒްބާޒްގެ އާ އަންހެނުންނަކީ ސެލެބްރިޓީ މޭކަޕް އާޓިސްޓެއްގެ އިތުރުން ހެއާ ސްޓައިލިސްޓެކެވެ.