ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ ދެކުނު އެފްރިކާ އިން އިންޓަނޭޝަނަލް ކޯޓް އޮގް ޖަސްޓިސް (އައިސިއޭ) އަށް އަށް ހުށަހަޅައިފި އެވެ.
އިއްޔެ ހުށަހެޅި މައްސަލާގައި ބުނެފައި ވަނި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ބަލައި ޝަރީއަތް ހިންގައި ޔަހޫދީ ދައުލަތަށް އަބަދު ދިނުމަށެވެ. ދެކުނު އެފްރިކާ އިން ބުނީ އެއްވެސް ހަތިޔާރެއް ނެތް ބަލިކަށި، ނިކަމެތި ބަޔަކާ ދެކޮޅަށް އިޒްރޭލުން ހަމައެއް ލަމައެއް ނެތި އަދި ގާނޫނީ އެއްވެސް ހަމައަކަށް ތަބާ ނުވެ، ޒަމާނީ ހަތިޔާރުތައް ބޭނުންކޮށްގެން ހަމަލާ ދެމުން ގެންދިއުމަކީ ހަނަގުރާމައިގެ ބޮޑެތި ޖަރީމާތައް ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އިޒްރޭލުގެ އަނިޔާވެރިކަން މިހާރު ހައްދުން ނެއްޓިފައިވާ ކަމަށާއި އިޒްރޭލު ހުއްޓުވަން މުޅ ދުނިޔެ މަސައްކަތް ކުރަން ޖެހޭ ޖަމަށް ވެސް ދެކުނު އެފްރިކާ އިން ބުންޏެވެ.
އެ ގައުމުން ބުނީ އިޒްރޭލުން ހިންގާ ޖަރީމާ އަކީ ހަމާސް ނައްތައިލަން ކުރާ މަސައްކަތެއް ނޫން ކަމަށާއި އެއީ ފަލަސްތީުގެ ނަސްލު ނައްތާކަން ހިންގަމުންދާ ޖަރީމާއެއް ކަމަށެވެ. އަދި ގާޒާ މިހާރު އޮތީ ހަނގުރާމައިގެ ބޮޑު މައިދާނަކަށް ބަދަލުކޮށްފައި ކަމަށާއި ކޮންމެ ދުވަހަކު އެތައް ބައެއްގެ ފުރާނަ ދުއްވައިލަމުންދާ އިރު، އެއްވެސް އެތަނުގެ އެއްވެސް ބަޔަކަށް ރައްކާތެރި ކަމެއް ނެތް ކަމަށް ވެސް ދެކުނު އެފްރިކާ އިން ބުންޏެވެ.

އެހެންވެ ފެންނަން ހުރި މިފަދަ ސާބިތު އެތައް ހެކިތަކެއްގެ މައްޗަށް ރިއާޔަތްކޮށް އައިސީޖޭ އިން އިޒްރޭލަށް އަދަބު ދޭން ފަސްޖެހިގެން ނުވާނެ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާރު 21،500 އަށް ވުރެ ގިނަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.