Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

އިސްލާމިކް ބޮންޑެއް ތައާރަފު ކުރަނީ

އިސްލާމިކް ޓްރެޒަރީ ބޮންޑެއް ތައާރަފު ކުރަން މަސައްކަތް ކުރަކުމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވިީ އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން އެ ބޮންޑު ތައާރަފްކުރުން ކަމަށެވެ.

"މުސްތަގުބަލުގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން ކެޕިޓަލް މާކެޓު ޑިވެލޮޕްކުރުމުގައި ސީއެމްޑީއޭ އާއި ގުޅިގެން އަދި ސްޓޮކް އެކްސްޗޭންޖާ ވެސް ގުޅިގެން މަސައްކަތްތަކެއް ކުރަން." ޝަފީގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސައްތައިންސައްތަ ރާއްޖެއަކީ މުސްލިމް ގައުމަކަށްވާތީ އިސްލާމިކް ޓީ-ބޮންޑާ އެކީ އިސްލާމިކް އިންވެސްޓްމަންޓުތަކުގެ ފުރުސަތު ގިނަ ބަޔަކަށް ފަހި ވެސް ވާނެ ކަމަށެވެ.

"ސަތޭކަ ޕަސަންޓު މުސްލިމް ޤައުމަކަށްވެފައި، އިސްލާމިކް އިންވެސްޓުމަންޓުތަކުގެ ފުރުސަތަކަށް ބަލަ ބަލާތިބި ބަޔަކު ވެސް ތިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމަ މިއީ އެފަދަ ބޭފުޅުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތަކަށްވެގެން ދާނެ." މާލީ ވަޒީރު ވިދާޅުވިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ވަނީ ސަރުކާރުގެ ބޮންޑެއް މުޅިން އަލަށް ލިސްޓް ވެސް ކޮށްފަ އެވެ. އެއީ 50 މިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑެކެވެ.