Last Updated: July 23, 14:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ދެން ހަދާނެ ފިލްމެއް އަދި ނުނިންމަން: ހިރާނީ

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޑަންކީ" އަށް ފަހުން ދެން ހަދާނެ ފިލްމެއް ނުނިންމާ ކަމަށް ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ބުނެފި އެވެ.

އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ހުނަރުވެރި އަދި އެހާމެ ކާމިޔާބު ޑައިރެކްޓަރު ބުނީ ހަތަރު ފަސް ވަރަކަށް ސްކްރިޕްޓް އެބައޮތް ކަމަށެވެ. ނަމަވެސް މި ވަގުތު އަދި ދެން ފަށައިގަންނާނެ ޕްރޮޖެކްޓެއް ނުނިންމާ ކަމަށް "ސަންޖޫ" އާއި "ޕީކޭ" އާއި "3 އިޑިއަޓްސް" އަދި "މުންނާބާއީ" ގެނެސްދިން ހިރާނީ ބުންޏެވެ.

"އަހަރެން ވަރަށް ބޭނުން އަދި ރަންބީރް ކަޕޫރާ އެކީ މަސައްކަތްކުރަން. އަހަރެންގެ އަތުގައި އެބައޮތް އޭނަ އަށް ނެރޭޓްކޮށްދޭން ބޭނުންވާ ސްކްރިޓެއް ވެސް،" ރަންބީރާ އެކީ "ސަންޖޫ" ހެދި ޑައިރެކްޓަރު ބުންޏެވެ. "ދެން ރަންބީރަށް އެކަމުދާ ވަންޏާ އެއާއިގެން ކުރިއަށް ދާން ބޭނުން. ނޫނީ އެހެން ފިލްމަކާ އުޅޭނީ."

ހިރާނީ ބުނި ގޮތުގައި ރަންބީރަކީ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ މޮޅު އެކްޓަރެކެވެ.

"ކުރުކޮށް ބުނަންޏާ އޭނަ އަކީ ސްވީޓްހާޓެއް." އޭނަ ބުންޏެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްޓަރު ވިކްރާންތު މަސީއާ އެކީ ފިލްމެއް ހަދަން ޕްލޭން ކުރުމުގެ އިތުރަށް ވެބް ސީރީޒްތަކެއް ވެސް ހަދަން ވެސް ހިރާނީ ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ޕްރޮޖެކްޓްތަކާ ބެހޭ އެއްވެސް ވާހަކައެއް އޭނަ ހިއްސާއެއް ނުކުރެ އެވެ.